787-9 ETI #229-ZB077

އިއްތިހާދު އެއާވޭސްގެ ޑްރީމްލައިނާ ވެސް ރާއްޖެ އަށް ދަތުރު ފަށަނީ

ދުނިޔޭގެ އެންމެ ލަގްޒަރީ ހިދުމަތްދޭ އެއް އެއާލައިން ކަމަށްވާ އިއްތިހާދުން، ބޮއިންގް 787 ޑްރީމްލައިނާގެ ދަތުރުތައް ރާއްޖެ އަށް ފަށަން ތައްޔާރުވެއްޖެ އެވެ.

މި ދަތުރުތައް ފަށާނީ އަންނަ އަހަރުގެ އޭޕްރިލް 30 ގަ އެވެ. މި ދަތުރުތައް އޮންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު ޔޫއޭއީގެ އަބޫދާބީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

މުޅި ދުނިޔޭގައި ވެސް އެންމެ ލަގްޒަރީ ހިދުމަތް ދޭ މަތިންދާބޯޓްތަކުގެ ތެރޭގައި ޑްރީމްލައިނާ ހިމެނެ އެވެ. އެގޮތުން 30 ސީޓު އެނދު ހުންނައިރު ކެއުން ވެސް ފައިވް ސްޓާ ފެންވަރުގައި ލިބޭނެ އެވެ. މި ބޯޓުތަކުގައި ކެއުމަށް އޯޑަރު ކުރަން ޖެހޭނީ ފުރުމުގެ ކުރިންނެވެ.

މި ބޯޓުތަކުގެ އިކޮނޮމީ ކްލާސް ވެސް އެހެން ބޯޓުތަކާ މުޅިން ތަފާތެވެ. އެގޮތުން ލަގެޖް ބެހެއްޓުމަށް ބޮޑު ޖާގައެއް ހުންނައިރު މުނިފޫހި ފިލުވުމަށް ތަފާތު ޖޯންރާތަކުގެ ގިނަ އަދަދެއްގެ ފިލްމު ބަލައިލެވެން ހުންނާނެ އެވެ. މީގެ އިތުރުން އެކި ޖޯންރާތަކުގެ ލަވަތައް ވެސް ޑްރީމްލައިނާގެ އިކޮނޮމީ ކްލާހުން އަހާލެވޭނެ އެވެ.

ދާދި ފަހުން ސިންގަޕޯ އެއާލައިނުން ވަނީ އެ އެއާލައިނުގެ ޑްރީމްލައިނާގެ ދަތުރުތައް ރާއްޖެއަށް ފަށައިފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް