ކުރިޔަށް އޮތް ހަފްތާ ބަންދުގައި މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެކަމަށް ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.
އެއިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ހަފްތާ ބަންދުގައި އުތުރާއި، މެދުރާއްޖެތެރޭގެ އިތުރުން ދެކުނަށް ވެސް ވިއްސާރަ ކުރާނެކަމަށް ވަނީ ލަފާކޮށްފައެވެ.
މީގެއިތުރުން ކުރިއަށް އޮތް ބޮޑު ޢީދުގައިވެސް މުޅި ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް މީގެ ދެދުވަސްކުރިން އެއިދާރާއިންވަނީ ވިދާޅުވެފައެވެ. އެގޮތުން އިދާރާއިން ވިދާޅުވީ އޮގަސްޓް މަހަކީ އާންމުކޮށްވެސް ރާއްޖެއަށް ވިއްސާރަ ކުރާ މަހެއް ކަމަށެވެ.

ޢީދު ބަންދުގައި ރާއްޖެއަށް 10-18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށްލަފާ ކުރެވޭކަމަށްވެސް އެއިދާރާއިންވަނީ ވިދާޅުވެފައެވެ.
ޢީދު ބަންދާއި ދިމާވާނީ ހުޅަނގު މޫސުމުގެ މާނަކަތެވެ.