މީގެ ކުރިން އަތުލާފައިވާ މަސްތުވާތަކެތި- ފޮޓޯ : ކަސްޓަމްސް

ވައިގެމަގުން ރާއްޖެ އެތެރެކުރި 2.5 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެމަގުން ރާއްޖެ އެތެރެކުރި 2.5 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމް ސާރވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ވިދާޅުވީ، އޮގަސްޓް 7 ވަނަ ދުވަހު ބްރޭޒިލްއިން އައި 35 އަހަރުގެ ކޮސްޓާރިކާގެ އަންހެނެއްގެ އަމަލުތައް ހުރިގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތެކެތި ވަނީ ފެނިފައި ކަމަށެވެ.

އަދި މިތަކެތި ފުރަތަމަ މަރުހަލާގެ ތަހުލީލުން ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކޮކެއިންއަށް ޕޮޒިޓިވްވެފައި ކަމަށާއި، އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންގއާއެކު ޖުމްލަ 2.1 ކިލޯ ހުރި ކަމަށެވެ.

މީގެ އިތުރުން އޮގަސްޓް 5 ވަނަ ދުވަހު އިންޑިޔާގެ ޗެންނާއިން ރާއްޖެ އައި 28 އަހަރުގެ ދިވެހި ފިރިހެނެއްގެ އަމަލުތައް ހުރިގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނި، މި ތަކެތި ފުރަތަމަ މަރުހަލާގެ ތަހުލީލުން ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހަޝިޝް އޮއިލްއަށް ޕޮޒިޓިވް ވެފައި ވާކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.

ކަސްޓަމްސްއިން ވިދާޅުވީ، އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންގއާއިއެކު ޖުމްލަ 395 ގްރާމް ހުރި ކަމަށެވެ. އަދި މިދެ ކޭސްގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުލްމަ ބަރުދަނުގައި 2.5 ކިލޯ ހުރިއިރު މިތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 7،480،000،00 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

ފުލުހުން ވަނީ މިހާރު މި މީހުން ތަހުގީގައް ހައްޔަރު ކޮއްފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް