އެސްޓީއޯ - ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

އެސްޓީއޯގެ ނަމުގައި ގުޅާ ކޯލްތަކަށް ސަމާލުވާން އެދިއްޖެ

އެސްޓީއޯ އިން ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދަން ކަސްޓަމަރުންނަށް ގުޅާތީ އެކަމަށް ސަމާލުވާން އެސްޓީއޯ އިން އިލްތިމާސްކޮށްފިއެވެ.

އެސްޓީއޯ އިން ކުރި ޓްވީޓެއްގައި ބުނީ އެސްޓީއޯ އިން ކުރިއަށް ގެންދާ އަލްނޫރު ހިކި ކިރު ޕްރޮމޯޝަންގައި ބައިވެރިވާން ކަމަށް ބުނެ ކަސްޓަމަރުންގެ ފޯނުތަކަށް ގުޅާ ފައިސާ ހޯދުމާއި ފައިސާ ޓްރާންސްފާކޮށް އަދި ކާޑުގެ މައުލޫމާތު ހޯދުމަށް މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެފަދަ ޕްރޮމޯޝަނެއް އެސްޓީއޯ އިން އެއްވެސް އިރެއްގައި ކުރިއަށް ގެންގޮސްފައިނުވާނެ ކަަމަށް އެސްޓީއޯ އިން ބުންޏެވެ.

މިފަދަ ފޯން ކޯލްތަކަށް ސަމާލުވެ، މިފަދަ ކޯލެއް ލިބިއްޖެ ނަމަ ކަމާބެހޭ ފަރާތްތަކަށް ހިއްސާ ކުރަން އެސްޓީއޯ އިން އެދެއެވެ.

އެސްޓީއޯގެ އަލްނޫރު ޕްރޮމޯޝަންއަކީ ހިކި ކިރު ޕެކެޓެއް ގަނެގެން، އެ ބްރޭންޑުގެ ލޯގޯ ޖެހި ބިއްލޫރި ތައްޓެއް ކަސްޓަމަރުންނަށް ހަދިޔާއަކަށް ލިބޭ ޕްރޮމޯޝަނެއް ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.

އެކި ފަރާތްތަކުން ކުރިއަށް ގެންދާ ޕްރޮމޯޝަންތަކުގެ ނަމުގައި މީހުންނަށް ގުޅައިގެން އޮޅުވާލައިގެން ފައިސާ ހޯދުމަކީ ވަރަށް އާއްމު ކަމެކެވެ. އެކަން ވަރަށް ބޮޑަށް އާއްމުވެފައި ވީނަމަވެސް އެކަން ކުރާ މީހުން ހޯދަން ފުލުހުން ވެސް ވަނީ ނުކުޅެދިފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް