ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލަކުންޖެހި އަންހެން ކުއްޖަކަށް އަނިޔާވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލަކުން ޖެހި އަންހެން ކުއްޖަކަށް އަނިޔާވެފައިވަނީ ދާދި ދެންމެ މާލޭ، މަޖީދީމަގުންނެވެ.
މިފަދަ އެކްސިޑެންޓެއް ހިނގައި އަންހެން ކުއްޖަކަށް އަނިޔާވިކަން ފުލުހުން ކަށަވަރުކޮށް ދެއްވިއިރު، ފުލުހުން ދަނީ މި ސީންގައި މިވަގުތު ހަރަކާތްތެރިވަމުންނެވެ.
އެނގިފައިވާ ގޮތުގައި މަޖީދީމަގުން ހިނގާފައި ދަނިކޮށް ސައިކަލުން ޖެހި އަނިޔާވި ކުއްޖާވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް އެ ހޮސްޕިޓަލުން އެކަން އަދި ކަށަވަރުކޮށެއް ނުދެއްވައެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 20:14 ހާއިރު ކަފިހުރަސް ކުރަން އުޅުމުގެ ތެރޭގައެވެ.