އެކްސިޑެންޓްވި 17 އަހަރުގެ ކުއްޖާއަށް ބޮޑެތި އަނިޔާތަކެއް، އޭޑީކޭގައި ފަރުވާދެނީ

މިރޭ މާލޭ، މަޖީދީމަގުގެ ކަފިހުރަހެއް މަތިން މަގުހުރަސްކުރަނިކޮށް ސައިކަލަކުން ޖެހި އެކްސިޑެންޓްވި 17 އަހަރުގެ އަންހެން ކުއްޖާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ދާދި ދެންމެ ފުލުހުން ވިދާޅުވީ، މިރޭ 20:14 ހާއިރު ހިނގި މި އެކްސިޑެންޓުގައި އަނިޔާވި އަންހެން ކުއްޖާއަށް އޭޑީކޭ ހޮސްޕިޓަލްގެ އެމަޖެންސީގައި ފަރުވާދެމުންދާ ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލްގެ އެމަޖެންސީގައި ފަރުވާދެމުންދާ އެކުއްޖާގެ މޭކަށިގަނޑަށާއި، އުނަގަނޑަށް އަދި ވާތު ކޮނޑަށް ތަދުވާކަމަށް އަދި މެޔަށް ތަދުވާތީ ނޭވާލާން އުނގަދޫވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓު ހިނގިއިރު އެކުއްޖާ ގައިގައި ޖެހުނު ސައިކަލް ދުއްވަން އިން 35 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ އަތުގައި ސައިކަލް ދުއްވުމުގެ ލައިސަންސް އޮންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިރޭ މާލޭގެ އަފީފުއްދީނު މިސްކިތް ކާރިގަ އޮންނަ ކަފިހުރަސް މަތިން ހިގާފަ ދިޔަ17 އަހަރުގެ އަންހެންކުއްޖާ އެކުސިޑެންޓު ވި މަންޒަރު.?އައިސާ ހިރަފުސް ފޮޅަން ގެންގުޅޭ ޕިކަޕުތަ އެތާ ޕާކުކޮށްފަ އެއޮތީ.؟

Posted by Shopay Mohamed on Thursday, August 8, 2019

ފުލުހުން ވިދާޅުވީ، މި މައްސަލަ އިތުރަށް ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ