ބޭރުގެ މަޝްހޫރު ރިއަލިޓީ ޝޯ ތަރި ކައިލީ ޖެނާގެ އުފަންދުވަސް އައުމުގެ ކުރިން އޭނަގެ ލޯބިވެރިޔާ "ޓްރެވިސް ސްކޮޓް" މިވަނީ ކައިލީ އަށް ވަރަށް ބޮޑު ސަޕްރައިސްއެއް ދީފައެވެ. މިއީ ފަހަރުގައި ގިނަ އަންހެންކުދިންތަކެއްގެ ހުވަފެނަށްވެސް ވިދާނެއެވެ.
ކައިލީ ގެ އުފަންދުވަސް އައުމުގެ 3 ދުވަސްކުރިން "ޓްރޭވިސް" މިވަނީ ކައިލީގެ ބޮޑު ގެ ހުސް ފިނިފެންމަލުގެ ފިޔައިން ޖަރީކޮށްފައެވެ. ކައިލީ ގެ އުފަންދުވަހަކީ އޮގަސްޓް 10 އެކެވެ.
ކައިލީއަކީ އަބަދުވެސް އުފަންދުވަސްތަކުގައި އޭނަގެ ލޯބިވެރިޔާ ޓްރެވިސްގެ ފަރާތުން އެކިކަހަލަ ސަޕްރައިސްތައް އައިސް އުފަންދުވަސް ފާހަގަކުރާ ތަރިއެކެވެ.
ކައިލީ އޭނަގެ އިންސްޓަގްރަމް ގައި 3 ދުވަސް ކުރިން ހިއްސާކޮށްފައިވާ ވީޑިއޯ ވަރަށް ވެސް ހިތްގައިމެވެ. ކައިލީގެ މުޅި ގެ އޮތީ ފިނިފެންމަލުގެ ފިޔައިން ރީތިކޮށްލައިފައެވެ. ގޭގެ ބިންމަތީގައިވެސް ވަނީ ހަމަ ހުސް ފިނިފެންމަލުގެ ފިޔައެވެ.
މިވަގުތު ދުނިޔޭގައިހުރި އެންމެ ޒުވާން ބިލިނިއަރު ކައިލީގެ އުފަންދުވަސް މާދަމާ އަންނައިރު މާދަމާ ކައިލީއަށް 23 އަހަރު ފުރޭނެއެވެ.
View this post on InstagramMy house is covered in ROSES! @travisscott and it’s not even my birthday yet!!!!! Omg ♥️♥️♥️♥️♥️????
A post shared by Kylie ? (@kyliejenner) on
މަޝްހޫރު ރެޕާ ޓްރާވިއާ ސްކޮޓް އަދި ކައިލީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، މި ދެމީހުންނަށް ވަނީ މިދިޔަ އަހަރު އަންހެން ދަރިއަކުވެސް ލިބިފައެވެ.