ކުރީގައި ސިޔާސީ ދާއިރާގައި ހަރަކާތްތެރިވެފައިވާ ހ.ރީކޯ އިބްރާހިމް މަނިކު (ރީކޯ އިބްރާހިމް މަނިކު) އަވަހާރަވެއްޖެއެވެ. ރީކޯ އިބްރާހިމް މަނިކު އަވަހާރަވިއިރު އުމުރުފުޅަކީ 69 އަހަރެވެ.
ރީކޯ އިބްރާހިމް މަނިކުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު އަސްރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.
ރީކޯ އިބްރާހިމް މަނިކަކީ، ރާއްޖެއަށް ސިޔާސީ ޕާޓީތައް ތައާރަފް ވުމުން މޯލްޑިވިއަން ސޯސިއަލިސްޓް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވައިގެން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވި ބޭފުޅެކެވެ. އަދި 1980 މައުމޫންގެ އެންމެ ވަރުގަދަ ސިޔާސީ ދެކޮޅުވެރިޔެއްގެ ގޮތުގައި ރީކޯ އިބްރާހިމް މަނިކު ނިކުންނެވިއެވެ.
އެހންނަމަވެސް 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރީކޯ އިބްރާހިމް މަނިކު ނިކުންނެވީ މައުމޫން ރައީސް އާ އެއްކޮޅަށެވެ.
އަދި އޭގެ ފަހުން ސިއްޙީ ބައެއް ސަބަބުތަކާއި ގުޅިގެން ރީކޯ އިބްރާހިމް މަނިކު ވަނީ ސިޔާސީ ދާއިރާއާ ދުރަށް ޖެހިވަޑައިގަނެފައެވެ.
ރީކޯ އިބްރާހީމް މަނިކަކީ، ނިމިދިޔަ ރައްޔިތުން މަޖިލީހުގެ މެންބަރު ރީކޯ މޫސަގެ ބޭބެއެވެ.