މަތިންދާބޯޓެއްގެ ތެރޭގައި ކުޑަކުއްޖަކު ރޯންފަށައިފިނަމަ ބައެއް މީހުންނަށް އެއީ ވަރަށް އުނދަގޫ އަޑަކަށް ވެދާނެއެވެ.
ނަމަވެސް މަތިންބޯތެއްގެ ތެރޭގައި ކުޑަކުއްޖަކު ރޯން ފެށުމުން އެ ބޯޓުގެ ފިރިހެން ކެބިން ކްރޫއަކު މިވަނީ ނަމޫނާ ދައްކާ އިންޓަނެޓްގައި މަޝްހޫރުވެފައެވެ.
"ޖޯލް ކެސްޓްރޯ" ނަމަކަށް ކިޔާ ކެބިން ކުރޫއަކު، ފުރުން ލަސްވެފައިވާ "ފްރޮންޓިއާ އެއާލައިން" ފްލައިޓެއްގެ ތެރެއިން ކުޑަކުއްޖަކު ރޯން ފެށުމުން ވަނީ އެ ކުޑަ ކުއްޖާ އުރާ އެ ކުއްޖާ މަސަލަސްކޮށްފައެވެ.
ފްލައިޓްގެ ތެރެއިން ޖޯލް ކުޑަކުއްޖެއް މަސަލަސް ކޮށް އެ ކުއްޖާއާއެކީ ސަކަރާއްޖަހާ މަޖާ ކުރާ ފޮޓޯތައް އިންޓަނެޓްގައި ހިއްސާކުރުމާއެކު މިވަނީ މި ފޮޓޯތައް ވައިރަލްވެ މީހުންގެ ތައުރީފާއި ލޯބި ޖޯލް އަށް ލިބިފައެވެ.
މި ފޮޓޯތައް އާއްމުކޮށްފައިވަނީވެސް "ފްރޮންޓިއާ އެއާލައިން" އިން އެމީހުންގެ ރަސްމީ ޓްވިޓާ އެކައުންޓްގައެވެ. އަދި ޖޯލްގެ ޑިއުޓީގެ އިތުރުން މިކަލަ ހިތްހެޔޮ ކަމެއްކުރީމައި އެކަން ވަނީ "ފްރޮންޓިއާ އެއާލައިން" އިން ފާހަގަކޮށް ޝުކުރުވެސް އަދާކޮށްފައެވެ.
Cheers to this very sweet Frontier Flight Attendant, who helped a mom calm her crying little one on a flight from Tyler Pounds Regional Airport to Denver International Airport! Thanks for sharing, Jamie! pic.twitter.com/CHmwjYK8i7
— Frontier Airlines (@FlyFrontier) August 5, 2019
ރޯންފެށުމުން މި ކެބިން ކްރޫ އެހީވެދީފައިވާ ކުޑަކުއްޖާގެ މަންމަ އެ ބޯޓުން ދަތުރުކޮށްފައިވަނީ އެކަނިއެވެ،