އުނޫޝާގެ "އުދުހިލާ"އިން ކުޑަކުދިންނަށް ދިވެހި ނާނާތަކެއް!

މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ އުނޫޝާ(ކިޑީ)، މިއުޒީޝަން ބާޗީ އާއެކު "އުދުހިލާ"ގެ ނަމުގައި ކުޑަކުދިންނަށް ހާއްސަ އަލްބަމެއް ނެރެން ތައްޔާރުވެެއްޖެއެވެ. މިއީ ކުޑަކުދިންނަށް ހާއްސަ ދިވެހި ނާނާތަކެކެވެ.

މޯލްޑިވިއަން އައިޑޮލްގެ ޖަޖްކަން ކޮށްފައިވާ ހުނަރުވެރި ލަވަކިޔުންތެރިޔާގެ އުނޫޝާ މިފަހަރު ކުޑަކުދިންނަށް ހާއްސަކޮށްގެން ނެރޭ މި އުފެއްދުމަކީ މުޅިންވެސް އަމިއްލަ ރާގުގެ ދިވެހި ނާނާތަކެއް ހިމެނޭ އަލްބަމެކެވެ.

މި އަލްބަމް އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނެރުމަށް މަސައްކަތްކުރަމުން އަންނައިރު، ކިޑީ މި އަލްބަމް ޑެޑިޑޭޓް ކުރާނީ އޭނާގެ ފިރިހެން ދަރިފުޅާއި ރާއްޖޭގެ ހުރިހާ ކުޑަކުދިންނާއި މައިންނަށެވެ. ކިޑީ އަދި ހަމީޝްއަށް ވަނީ ދާދިފަހަކުން ފިރިހެން ދަރިއަކު ލިބިފައެވެ.

އުދުހިލާގެ ކަވާ އާންމުންނަށް މިހާރު ދައްކާލާފައިވާއިރު އުދުހިލާ އަލްބަމަކީ ސައުންޑް ސްކުއާޑް އަދި ލޫޕްކްރާފްޓްގެ ޕްރޮޑަކްޝަނެކެވެ. އަދި ދާދި ފަހުން ކިޑީ ވަނީ މި އަލްބަމްގެ އެއް ނާނާ ސައުންޑްކްލައުޑްގައި ރިލީޒްކޮށްފައެވެ.

އެއީ މީގެ އަހަރުތަކެއް ކުރިން ޖޭމު ދޮންކަމަނެގެ އަޑުން ކިޔާފައިވާ ހިތްގައިމު ލަވަ "ނާނާ"ގެ ކަވާ އެކެވެ. މި ނާނާގެ ކަވާ ވާރޝަން ކިޔައިފައިވަނީ، އުނޫޝާއާއި އަދި އޭނާގެ މަންމަ އަދި ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަފީޤާއެވެ.

Alhamdhlillah! We are very excited to reveal the cover of me & Barchie Saeed first album...

Posted by Unoosha on Tuesday, August 6, 2019

އާއްމުކޮށް ދިވެހިންގެ ތެރޭގައި ދިވެހި ނާނާތައް ވަރަށް މަދެވެ. އެހެންކަމުން އުނޫޝާގެ "އުދުހިލާ" ކުޑަކުދިންނަށާއި މައިންނަށް ވަރަށްވެސް ހާއްސަވާނެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް