ގއ.ގެމަނަފުށީ ފަޅުގައި އަޅާފައި އޮތް ލޯންޗެއްގެ ބެޓެރީ ގޮވައި ދެމީހަކަށް އަނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ، މިއަދު ހެނދުނު 10:00 ހާއިރު ގއ.ގެމަނަފުށީ ފަޅުގައި އަޅާފައި އޮތް ލޯންޗެއްގައި މަސައްކަތް ކުރަމުންދަނިކޮށް، އެ ލޯންޗުގެ ބެޓެރީ ގޮވައިގެނެވެ.

ފުލުހުން ވިދާޅުވީ، ބެޓެރީ ގޮވުމުގެ ސަބަބުން ދެމީހަކަށް އަނިޔާވެފައިވާ ކަމަށާއި، އެދެމީހުންނަށް ގެމަނަފުށީ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
ދެމީހުންނަށް ލިބިފައިވާ އަނިޔާގެ މާބޮޑު ތަފްސީލެއް ނުދެއްވި ނަމަވެސް ފުލުހުން ވިދާޅުވީ، ދެމީހުންގެ ހަށިގަނޑުގެވެސް އެކި ތަންތަނުން ފިހިފައިވާ ކަމަށެވެ.
މި ދުވަސް ވަރަކީ ޢީދު ބަންދާއި ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު ކަނޑު ދަތުރު ކުރާ ދުވަސްކޮޅެކެވެ. ކަނޑު ދަތުރު ފަތުރު ކުރުމުގައި ހިނގާފާނެ ނުރައްކާތެރި ޙާދިސާތަކުން ރައްޔާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅު ތައް އެޅުމާއި، ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ މަޢލޫމާތު ދިނުމަށް ފުލުހުން ވަނީ އޮޕަރޭޝަނެއްވެސް ހިންގާފައެވެ.