މަޖިލީހުގެ އެންމެ މުޙިއްމު ދަޢުރަކީ ސަރުކާރަށް ފާރަވެރިވުން - ޙަަސަން ލަޠީފް

ރައްޔިތުން މަޖިލީހުގެ އެންމެ މުޙިއްމު އެއް ދަޢުރަކީ ސަރުކާރަށް ފާރަވެރިވުން ކަމުގައި އެޕާޓީގެ ޗެއަރޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ލަތީފުވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ބައެއް ބޭބޭފުޅުން ހިތްޕުޅާ ނުވިއަސް ރައްޔިތުންގެ މަޖިލީހުގެ އެންމެ މުހިންމު ދައުރަކީ ސަރުކާރަށް ފާރަވެރިވުންކަމަށް ވާތީ މަޖިލީހުން އެދައުރު އަދާކުރަން ޖެހޭނެ ކަމަށެވެ.

ހަސަން ލަޠީފްގެ މި ޓްވީޓްގައި އިޝާރާތް ކުރައްވާފައި ވަނީ ސަރުކާރުގެ ސީދާ ކޮން ބޭފުޅަކަށް ކަމެއް ސާފެއްނުވެއެވެ. ނަމަވެސް 19 ވަނަ މަޖިލީހުން އަންނަނީ ސަރުކާރުގެ ގިނަ ވަޒީރުންނާއި، ވެރިން މަޖިލީހަށް ހާޒިރުކޮށް އެބޭފުޅުންނާއި ސުވާލުކުރައްވަމުންނެވެ.

ބޮޑު ކޯލިޝަނަކުން ވެރިކަމަށް ވަޑައިގެންފައި ވާއިރު ކޯލިޝަނުގެ ބައެއް ބައިވެރިން މަޖިލީހާއި މަޖިލީހުން ބޭރުގައިވެސް ސަރުކާރަށް ސީދާ ފާޑުކިޔުން ވަނީ އަމާޒުކޮށްފައެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ވަނީ ގިނަ ފަހަރުތަކެއްގެ މަތިން ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

ޖުމްހޫރީ ޕާޓީގެ ވަޒީރުން ސަރުކާރުގައި ހިމެނޭއިރު، އެ ފަރާތްތައްވެސް ވަނީ މަޖިލީހަށް ހާޒިރުކޮށް އެ މިނިސްޓްރީ ތަކުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ސުވާލުކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް