ނުޒުހާއަށް އެހީވުމަށް ޕެންޓަގްރާމުން ވައިކަރަދޫގައި ފަންޑް ރައިޒިން އިވެންޓެއް

ހދ. ވައިކަރަދޫ އިރަމާގޭ ނުޒުޙާ ޢަލީއަށް އެހީތެރިވުމުގެ ގޮތުން ޕެންޓަގްރާމްގެ ފަރާތުން ފަންޑް ރައިޒިން އިވެންޓެއް ފަށައިފިއެވެ.

ކުޅުދުއްފުށީގައި ހިންގާ މަޝްހޫރު އަންނައުނު ފިހާރަ "ޕެންޓްގްރާމް" ގެ މެނޭޖްމަންޓިން ވިދާޅުވީ، މިއިވެންޓްގައި ތަކެތި ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް، ނުޒުޙާ އަލީގެ ބޭސްފަރުވާއަށް ހަދިޔާކުރާގޮތަށް ހަމަޖެހިފައިވާކަމަށެވެ.

މި ޚާއްޞަ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހދ. ވައިކަރަދޫ ސުލައިމާނިއްޔާ ޕްރީސުކޫލުގައި މިއަދު ހަވީރު 4:15 އިން ފެށިގެން ރޭގަނޑު 11:00 އަށެވެ.

ނުޒުހާ އަލީއަކީ ތުއްތު ދަރިންނަށް އުނގަންނައިދިނުމުގައި ގިނަދުވަސްތަކެއް ހޭދަކޮއްފައިވާ ޒުވާނެކެވެ.

2 ފެބުރުއަރީ 2019 ގައި ސްޓްރޯކެއް ޖެހި ރާއްޖޭން ފަރުވާކޮށް ރަނގަޅު ނުވުމުގެ ސަބަބުން އިތުރު ފަރުވާއަށް އިންޑިޔާއަށް ދިއުމަށް ޑޮކްޓަރުން ލަފާދީފައިވާތީ ނުޒުހާ މިއަދުވަނީ އިންޑިއާއަށް ދިއުމަށް ފުރާފައެވެ.

ނުޒުހާ އަލީއަށް އެހީތެރިވުމަށް ރުފިޔާ އެކައުންޓް 7703225072101 ޑޮލަރު އެކައުންޓް 7730000170416 އެހީތެރިވުމަށް އާއިލާގެ ފަރާތުން ވަރަށް ބޮޑަށް އެދެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ