ތިން މީހުންނާއެކު ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައިފިއެވެ.
ފުލުހުން ވިދާޅުވީ، މިލޯންޗް ބަންޑުން ޖަހާލާފައިވަނީ އެނބޫދޫ ފިނޮޅު ކައިރިންއަށް ކަމަށާއި އެވަގުތު ތާޖު އެކްޒޯޓިކާއަށް ދަތުރުކުރި ލޯންޗަކަށް ފެނިގެން ބަންޑުން ޖަހާލި ޑިންގީއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އަދި ބަންޑުން ޖަހާލި މިޑިންގީގައި 3 މީހަކު ދަތުރުކޮށްފައިވާއިރު، އެ ތިން މީހުންވެސްވަނީ ސަލާމަތްކޮށްފައިކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.
މި 3 މީހުންގެވެސް ހާލު ރަނގަޅުކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.
ފުލުހުންނަށް މިހާދިސާ މަޢުލޫމާތު 17:12 ލިބިފައިވާއިިިރު، އެސަރަޙައްދުގައި މެރިން ފުލުހުން މިހާރުދަނީ ޙަރަކާތްތެރިވަމުންނެވެ.
މިހާދިސާއާއި ގުޅިގެން އެމްއެންޑީއެފްއިން ވިދާޅުވީ، މިހާދިސާގެ ރިޕޯޓް އެފަރާތަށް ލިބިފައިވާކަމަށާއި، ބަންޑުންޖަހާލި ޑިންގީގައި 3 މީހުން ތިބިކަމަށް މަޢުލޫމާތު ލިބިފައިވާއިރު، އެ 3 މީހުންވެސް ފެނިފައިވާކަމަށެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދަމުންދާކަމަށްވެސް އެމްއެންޑީއެފްއިންވަނީ ވިދާޅުވެފައެވެ.