ވެއްޓުނު ބޯޓުގައި ތިބި ދެ މީހުން ފޭދޫ ސިއްހީ މަރުކަޒަށް ގެންގޮސްފި

މިއަދު ޝަންގްރިއްލާ ރިސޯޓު ކައިރިއަށް ވެއްޓުނު އައްޑޫ ފްލައިން ސްކޫލުގެ ބޯޓުގައި ތިބި ދެ ޕައިލެޓުން ފޭދޫ ސިއްހީ މަރުކަޒަށް ގެންގޮސްފިއެވެ.

އެނގިފައިވާ ގޮތުގައި ބޯޓު ވެއްޓުނު އިރު އޭގައި ތިބީ ޕައިލެޓު ކޯސް ހަދަމުން އަންނަ މަރަދޫއަށް ނިސްބަތްވާ އަންހެން ދަރިވަރަކާއި އިންޑިއާއަށް ނިސްބަތްވާ އިންސްޓްރަކްޓަރެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު އެ ބޯޓުގައި ތިބި ދެ ޕައިލެޓުން ޝަންގްރިއްލާ ރިސޯޓުން ނަގައިގެން މިރޭ 18:30 ހާއިރު ފޭދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މިއަދު ހަވީރު 4:30 ހާ އިރު އެ ބޯޓު ވެއްޓުނީ އިންޖީނު ފެއިލްވެގެން ކަމަށެވެ. ނަމަވެސް ބޯޓުގައި ތިބި ދެ މީހުންނަށް އެއްވެސް އަނިޔާއެއް ނުލިބޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މި ހާދިސާގައި ވެއްޓުނު ބޯޓުވަނީ ވަގުތުން އަޑިއަށް ގޮސްފައެވެ. އެމްއެންޑީއެފް އިން ވިދާޅުވީ ވެއްޓުނު ބޯޓުއޮތީ ކަނޑުގެ 8.6 މީޓަރު އަޑީގައި ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް