ވެހިބަސްތައް ދިރުއްވައި އާލާކުރުމަށް އދގެ މާހިރުން ޢަމަލީ މަސައްކަތުގެ ދަހަރު ކަނޑައަޅަނީ

ވެހިބަސްތައް ދިރުއްވައި އާލާކުރައްވާން އދގެ މާހިރުން ޢަމަލީ މަސައްކަތުގެ ދަހަރު ކަނޑައެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ޖެނީވާ(7 އޮގަސްޓު 2019) ބައިނަލްއަޤްވާމީ ވެހިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ނެރުނު ބަޔާނެއްގައި، ވެހިބަސްބަސް ޙިމާޔަތްކުރުމަށާއި އެ ބަސްބަސް ދިރުއްވައި އޭގެ ބޭނުންކުރުން އިތުރުކުރައްވާން ބާރުއެޅުއްވުމުގެ ގޮތުން ޢަމަލީ މަސައްކަތުގެ ދަހަރެއް ކަނޑައަޅުއްވާން އދގެ އިންސާނީ ޙައްޤުތަކާ ބެހޭ މާހިރުން ވަނީ ގޮވައިލައްވައިފައެވެ.

ވެހިބަސްބަހަކީ އިންސާނީ ޙައްޤުތައް ކުރިއެރުވުމުގައި މުހިންމު ބައެކެވެ. އަދިހަމައެހެންމެ މި ފަދަ ބަސްބަސް ހިމެނެނީ ވެހިންގެ މުއްސަނދި ބަހަވީ އަދި ޘަޤާފީ ތަރިކައިގެ ތެރޭގައެވެ.

ދުނިޔޭގައި ވާހަކަ ދައްކާ 7000 ހައި ވެހިބަސްތަކުގެ ތެރެއިން ގިނަބަސްތައް މިހާރު ނެތި ދިއުމުގެ މަގުމަތީގައި ވުމަކީ ވެހިންގެ ޙައްޤުތަކާ ބެހޭ މާހިރުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މީގެ ތެރެއިން 40 އިންސައްތައަކީ ހަމަ މުޅީން ފުހެވިގެން ދިއުމުގެ ބިރުހީވެފައިވާ ބަސްތަކެވެ.

މިކަންކަމުން ދަލީލުކޮށްދެނީ ކުރީގެ ސަރުކާރުތަކުން ގެންގުޅުއްވި ސިޔާސަތުތަކުންނާއި ވެހިންނާ ދޭތެރޭ ގެންގުޅުއްވައިފައިވާ ތަފާތުކުރުންތަކުގެ ސަބަބުން ޤައުމު ބިނާކުރުމުގައި އެ ބައިިި މީހުން މަޙުރޫމްކުރެވިފައިވާ މިންވަރެވެ. މިފަދަ ސިޔާސަތުތަކުގެ ސަބަބުން ޘަޤާފަތެއް ނެތިދިއުމަކީ ފަސޭހައިން ވެދާނެ ކަމެކެވެ.

ވެހިބަސްތަކުގެ ސަބަބުން އިންސާނީ ކަރާމާތަށް މުހިންމު ކަންތައްތައް ކަމުގައިވާ ޚިޔާލުފާޅުކުރުމާއި ވިސްނައި ފިކުރުކުރުމުގެ މިނިވަންކަން ލިއްބައިދެއެވެ. ހަމައެހެންމެ ޘަޤާފީ އަދި ސިޔާސީ ގޮތުން ފަރުދުން ބާރުވެރިކުރުމުގައި ވެސް އެހީވެދެއެވެ. ތިމާވެށްޓާ ބެހޭ އެކިކަހަލަ މައުލޫމާތާއި ތަފާތު މުޖުތަމަޢުތަކުގެ މެދުގައި އޮތް ގުޅުންތަކުގެ މުހިންމު ޢިލްމު މި ބަސްތަކުގައި ހިމެނިގެންވުމީ މިއަދު ދުނިޔެއަށް ދިމާވެފައި މިވާ ތިމާވެށީގެ ބަދަލުތަކުން ސަލާމަތްވާން އެހީތެރިވެ، އަމާންކަމާއި ޞުލްޙަ ޤާއިމްކުރާން ވެސް މި ބަސްތަކުގެ މުހިންމުކަން ހާމަވާ ކަމެކެވެ.

ބަހަކީ ޙައްޤެކެވެ. އިނާޔަތެއްނޫނެވެ. އދގެ ވެހިންގެ ޙައްޤުތަކާ ބެހޭ އިއުލާނުގައި ވެހިންނަށް އެމީހުންގެ ބަސް ބާރުވެރިކޮށް، ބޭނުންކޮށް، ކުރިއަރުވައި، ޖީލުން ޖީލަށް ފޯރުވައި ދިނުުމުގެ ޙައްޤު ލިބިދީފައިވެއެވެ. މިޙައްޤުތަކުގެ ތެރޭގައި ތައުލީމާއި، މީޑިއާއާއި އިދާރީ ވުޒާރާތައް ޤާއިމްކުރުމާއި ހިންގުމުގެ ބާރު ވެސް ހިމެނެއެވެ.

މި މާހިރުން، އދގެ މެންބަރު ޤައުމުތަކުގެ ކިބައިން އެދިވަޑައިގަންނަވަނީ ޤާނޫނާއި ޤަވާއިދުތައް މެދުވެރިކޮށްގެންނާއި އަދި އެހެނިހެން ގޮތްގޮތުން ވެސް، ވެހިންނަށް ފުރިހަމަ އެއްބާރުލުންދީ، ވެހިބަސްތައް ބަލައިގަނެ، ހިމާޔަތްކޮށް ކުރިއަރުވާން މަސައްކަތްކޮށް ދިނުމެވެ. އަދި ހަމައެހެންމެ ވެހިބަހުން ސިއްޙީ ޚިދުމަތްތަކާއި ވަޒީފާގެ ފުރުސަތުތަކާއި އިންސާފާއި އަދި އެހެނިހެން ޚިދުމަތްތައް ވެސް ހަމަހަމަ ގޮތެއްގައި ވެހިންނަށް ފޯރުކޮށްދިނުމަށެވެ.

ވެހިންނާ ބެހޭ ިމާހިރުން ޤަބޫލުކުރައްވާ ގޮތުގައި މި ދަހަރުގެ ތެރޭ ވެހިބަސްތަކަށް ދިމާވެފައިމިވާ ތާރީޚީ ހަލާކުވުމުން އަރައިގަނެ އަންނާން ހުރި ޖީލުތަކުގެ ވެހިންނަށާއި މުޅި ދުނިޔެއަށް މި ބަސްތައް ވާސިލުކޮށް ދޭން އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ހޯދޭނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ