އިންޑިއާ އަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައިގައި ކޮޗިންގެ އިންޓަރނޭޝަނަލް އެއާޕޯޓުގައި ފެންބޮޑުވެ އެ އެއާޕޯޓް ވަގުތީގޮތުން ބަންދުކޮށްފިއެވެ.
ވެހެމުންދާ ބޯވާރޭގެ ސަބަބުން އެ އެއާޕޯޓުގެ ޓެކްސީވޭ ތަކާއި އޭޕްރަންގައި ވަނީ ބޭނުން ނުކުރެވޭ ވަރަށް ފެންބޮޑު ވެފައެވެ. ކޮޗިންގެ އިންޓަރނޭޝަނަލްގެ އޮޕަރޭޝަންތައް ހުއްޓާލައިފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ހަވީރު 3:00 އާއި ހަމައަށެވެ.
މިދިޔަ އަހަރުވެސް އިންޑިއާއަށް ކުރި ވިއްސާރައިގައި ކޮޗިން އިންޓަރނޭޝަނަލް އެއަރޕޯޓްވަނީ ދެހަފްތާއަށް ބަންދުކޮށްފައެވެ.
#KeralaFloods2019
— Dr. B. Balagopal (@balunair99) August 9, 2019
Night Visual of #Kochi International Airport. pic.twitter.com/WSbQk22S2L
އިންޑިއާގެ ކެރެލާ ސިޓީއަށް މިހާރު ކުރަމުން ދާ ވިއްސާރައާއި ގުޅިގެން ދިވެހިން ސަމާލުވުމަށް ދިވެހިރާއްޖޭގެ ޕޮރިން މިސްޓްރީންވެސްވަނީ އިލްތިމާސްކޮށްފިއެވެ.