އިނގިރޭސި ވިލާތަށް ފަތުރުވެރިއެއްގެ ގޮތުގައި ގޮސް އުޅުނު ވެއެޓްނާމުގެ 15 އަހަރުގެ އަންހެންކުއްޖަކު މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ގެއްލި އަދިވެސް ނުފެންނަކަމަށް އިނގިރޭސިވިލާތުގެ ފުލުހުން ވިދާޅުވެއްޖެ އެވެ.
މިމައްސަލައިގައި ފުލުހުންވަނީ މިހާތަނަށް އަށްމީހަކު ހައްޔަރު ކޮށްފައެވެ. އަދި މިފަރާތްތަކާއިމެދު ދަނީ މިމައްސަލައިގައި ސުވާލުކުރަމުންނެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ކުއްޖާ ގެއްލިފައިވަނީ އަންގާރަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. އަދި ގެއްލުމުގެ ކުރިން އެންމެފަހުން ފެނިފައިވާކަމަށްވަނީ އޭސިއާއަށް ނިސްބަތްވާ ފިރެހެނަކާއެކު ކަމަށް ވެއެވެ. ފުލުހުން މިމައްސަލައިގައި ބުނެފައިވަނީ ގައުމުގެ ކޮންމެ ހިސާބެއްގައިވެސް ވުން އެކަށީގެންވާ ކަމަށާއި މިކުއްޖާގެ ސަލާމަތާއި ރައްކާތެރި ކަމާއިމެދު ވަރަށްބޮޑަށް ކަންބޮޑުވާ ކަމަށެވެ.
އިނގިރޭސި ވިލާތުގެ ފުލުހުންވަނީ މިކުއްޖާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށްވެސް އެދިފައެވެ.