މާހަލު ކައިރިއަށް މުދާ އުފުލާ ދޯންޏެއް އަރިއަޅާލައި މުދާތައް މޫދަށް

މާހަލު ކައިރިން ދަތުުރުކުރި މުދާ އުފުލާ ދޯންޏެއް އަރިއަޅާލައިގެން ދޯނީގައި ހުރި މުދާތައް ކަނޑަށް ދޫވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މުދާ ބަރުކޮށްގެން ކ.މާހަލު ކައިރިން ދަތުރުކުރި މުދާ އުފުލާ ދޯންޏެއް އަރިއަޅާލައިގެން މުދާތަށް ކަނޑަށް ދޫވިކަމުގެ ރިޕޯޓް ލިބިގެން އެމްއެންޑީއެފް މާލެ އޭރިއާއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 10:30 ހާއިރު ކަމަށާއި، މި ދޯނީގައި ދިވެއްސެއްގެ އިތުރުން ތިން ބިދޭސީން ތިބިކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ކޯސްޓްގާޑްގެ ޑައިވަރުންގެ ޓީމަކާއެކު ކޯސްޓްގާޑް ލޯންޗެއް އެދޯނި ކައިރީގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މުދާތަކާއެކު އަރިއަޅާލާފައިވަނީ މާލެއިން ފުރައިގެން މާލެ އަތޮޅު ކަގިއަށް ދަތުރުކުރި "ސަމޯރާ-2" ނަމަކަށް ކިޔާ މުދާއުފުލާ ދޯންޏެކެވެ.

"މުދާތަށް އޮޔާދާތީވެ އެސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށް ދަންނަވަން." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް