ޤިބްލަ ޙައްޖު އެންޑް ޢުމްރާ ކުންފުނީގެ އެޑްވައިޒަރަކަށް އިސްލާމީ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ހަމަޖައްސައިފިއެވެ.
މިކަމާއި ގުޅޭގޮތުން އެކުންފުނިން ބުނެފައިވަނީ ކުންފުނީގެ އެޑްވައިޒަރަކަށް ޑރ ޝަހީމް ހަމަޖެއްސީ އެމަނިކުފާނަކީ ޙައްޖާއި ޢުމްރާގެ ކަންކަމުގެ ޢިލްމާއި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށް ވުމުންކަމަށެވެ. އަދި މިކަމުގެ ސަބަބުން އެކުންފުނިން ދެމުންގެންދާ ޢުމްރާގެ ޚިދުމަތަށް ކުރިއަށް އޮތްތަނުގައި ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް ޤިބްލަ ޙައްޖު އެންޑް ޢުމްރާއިން ބުނެއެވެ.
ޤިބްލަ ޙައްޖު އެންޑް ޢުމްރާއަކީ ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ހުއްދަ ދީފައިވާ ކުންފުންޏެކެވެ. މިކުންފުނީގެ ފަރާތުން މިއަހަރުގެ ޑިސެމްބަރ މަހު ޢުމްރާއަށް ދާން ބޭނުން ފަރާތްތަކަށް މިހާރުވަނީ އެފުރުޞަތު ހުޅުވާލާފައެވެ.
ޑރ މުހައްމަދު ޝަހީމް އަލީ ސައީދަކީ އޯއައިސީގެ ސެކްރެޓްރީ ޖެނަރަލްގެ ޔޫސު ބިން އަހުމަދު އަލް އޮތައިމީންގެ ހާއްސަ އެޑްވައިޒަރެވެ.
ޤިބްލަ ޙައްޖު އެންޑް ޢުމްރާ ކުންފުންޏަކީ ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ހުއްދަ ދީފައިވާ ޖަމާއަތެކެވެ. މިޖަމާޢަތުގެ ފަރާތުން މިއަހަރުގެ ޑިސެމްބަރ މަހު ޢުމްރާއަށް ދާން ބޭނުން ފަރާތްތަކަށް މިހާރުވަނީ އެފުރުޞަތު ހުޅުވާލާފައެވެ.