އެކްސިޑެންޓްގައި އަނިޔާވި ކުއްޖާއަށް އެހީތެރިވި ސިފައިންގެ މީހާއަށް ތަޢުރީފު އޮހެނީ

ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ކަފިހި ހުރަހަކުން މަގު ހުރަސްކުރަނިކޮށް ދުއްވާފައި އައި ސައިކަލަކުން ޖެހި އަނިޔާވި 17 އަހަރުގެ އަންހެން ކުއްޖާއަށް އެހީތެރިވި ސިފއިންގެ މީހާއަށް ތަޢުރީފް އޮހެން ފަށައިފިއެވެ.

އެކްސިޑެންޓް ވުމުން އެ ކުއްޖާއަށް އެހީތެރިވެދީފައި ވަނީ ޕްރެޒިޑެންސަލް ގާޑްސްގައި މަސައްކަތްކުރާ ލާންސް ކޯޕްރަލް އަލީ ސަލީމް އިބްރާހިމް އެވެ. އެވަގުތު އޭނާ ހުރީ އޮފް ޑިއުޓީގައި ކަމަށްވިޔަސް އޭނާ ވަނީ އެކުއްޖާއަށް އެރީތެރިވެ، ކޮނޑުމަތީގައި އެކުއްޖާ އޭޑީކޭއަށް ގެންގޮސްފައެވެ.

ޗީފް އޮފް ޑިފެންސް ފޯސް، އަބްދުﷲ ޝަމާލް، ވެސް ވަނީ އޭނާގެ މަސައްކަތުގެ އަގުވަޒަން ކުރައްވައި ތައުރީފް ކުރައްވާފައެވެ. އަލީ ސަލީމް އިބްރާހިމް އޮފް ޑިއުޓީގައި ހުރެ އަންހެން ކުއްޖާއަށް އެހީތެރިވުމަކީ ސިފައިންގެ މީހެއްގެ ރިވެތި އަހުލާގައި ޔުނީފޯމްގެ އަގު ދައްކުވައިދިން ކަމެއްކަމަށާއި އެކަމަށްޓަކައި ސަލީމް އާއިމެދު ފަޚުރުވެރިވާކަމަށް ޗީފް އޮފް ޑިފެންސް ފޯސް ވަނީ ވިދާޅުވެފައެވެ.

އާންމުންގެ އެތައް ބަޔަކުވެސް އަންނަނީ އަލީ ސަލީމް އިބްރާހިމް ކުރި މަސައްކަތަކަށް ތަޢުރީފުކުރަމުންނެވެ.

އެކްސިޑެން ހިނގާފައި ވަނީ އަންހެން ކުއްޖާ ކަފިހި ހުރަހުން ހިނގާފައި މަގު ހުރަސް ކުރަން ދަނިކޮށް ދުއްވާފައި އައި ސަކަލަކުން ޖެހިއެވެ. އެކްސިޑެންޓް ހިނގި ވަގުތު އެމަންޒަރު ވަނީ ވީޑިއޯވެސް ކުރެވިފައެވެ. އަދި އެ ވީޑިއޯ ސޯޝަން ވީޑިއާއިގައި ވަނީ އާންމުވެފައެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި އެކްސިޑެންޓް ހިނގި ވަގުތު މަގުގެ އެއްފަރާތުގައި ކަފިހި ހުރަސްމަތީ ޕިކަޕް އެއް ޕާކް ކޮށްފައިއޮތް މަންޒަރުވެސް ފެނެއެވެ.

މި އެކްސިޑެންޓްގައި އޭޑީކޭ ހޮސްޕިޓަލްގެ އެމަޖެންސީގައި ވަނީ އެކުއްޖާއަށް ފަރުވާދީފައެވެ. އެކުއްޖާގެ މޭކަށިގަނޑަށާއި، އުނަގަނޑަށް އަދި ވާތު ކޮނޑަށް ތަދުވާކަމަށް އަދި މެޔަށް ތަދުވާތީ ނޭވާލާން އުނގަދޫވާކަމަށް ވަނީ ފުލުހުން ވަނީ ވިދާޅުވެފައެވެ.

އެކްސިޑެންޓް ހިނގިވަގުތު ސައިކަލު ދުއްވަން އިނީ 35 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި އޭނާގެ އަތުގައި ލައިސަންސް އޮންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ