މާލޭ ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗެއް އަޑިއަށް ގޮސްފިއެވެ.
ފުލުހުން ވިދާޅުވީ، މިއަދު ހަވީރު 05:18 ހާއިރު ގަލޮޅު ޕޮލިހުން މާލެތެރެ ޕެޓްރޯލް ކުރަމުންދިޔައިރު މާލޭ ދެކުނު ފަރާތު ފަޅުގައި އަޅާފައި އޮތް ލޯންޗެއް އަޑިއަށް ގޮސްފައިވާތަން ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
ލޯންޗުގެ ވެރިފަރާތް އަދި ހޯދިފައި ނުވާކަމަށާއި، ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވިއެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް މޫސުން ގޯސް ދުވަސްވަރެކެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ވިއްސާރަ ވާނެކަމަށް މެޓް އޮފީހުން ލަފާކުރައްވައެވެ.