މޫސުން ގޯސްވެ ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެެރެފިއެވެ.
ދިވެހިރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ގުގުރުމާއެކު ބޯކޮށް ވާރޭވެރި، އަދި ވިލާގަނޑުގައި 40 ބާރުމިނުގައި ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ ހުވަދު އަތޮޅުން އައްޑޫ ސިޓީއަށް ހުދު އިންޒާރު ނެރޭކަމަށެވެ.
އެސަރަހައްދަށް ހުދު އިންޒާރު ނެރެފައި ވަނީ މިރޭ 23:00 އިން ފަތިހު 03:00 އަށެވެ.
Alert White for heavy rain and thunderstorms pic.twitter.com/Cdmli55ALK
— Maldives Meteorology (@MetMaldives) August 10, 2019
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށެވެ.
ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 6 މޭލާއި 16 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.