ޓެކްސީއެއްގައި ސައިކަލަކުން ޖެހި ޒުވާނަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މިއަދު 12:40 ހާއިރު މިހާދިސާ ހިނގާފައިވަނީ ހުޅުމާލެ ނިރޮޅުމަގުގައި ކަމަށެވެ.
"ހުޅުމާލެ ނިރޮޅު މަގުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ޓެކްސީއެއްގައި، ނިރޮޅު މަގުގެ ދެކުނުން އުތުރަށް ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލްނުވެ ގޮސް ކާރުގެ ކަނާތްފަރާތު ކުރީ ބަފަރުގައި ޖެހި އެކްސިޑެންޓް ވެފައިވޭ" ފުލުހުން ވިދާޅުވިއެވެ.
އަދި މިހާދިސާގައި ސައިކަލް ދުއްވަން ހުރި އުމުރުން 19 އަހަރުގެ ޒުވާނާއަށް އަނިޔާވެ، ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ. މިޒުވާނާގެ ހާލު ރަނގަޅުކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އެކްސިޑެންޓްވި ޓެކްސީ ދުއްވަންހުރީ އުމުރުން 31 އަހަރުގެ މީހެއްކަމަށާއި، އަދި މިހާދިސާގައި އެކްސިޑެންޓްވި ދެމީހުން އަތުގައިވެސް ލައިސެންސް އޮންނަކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.