55 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް މެދުރާއްޖެތެރެއަށް ޔެލޯ އެލާޓް ނެރެފި

55 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް މެދުރާއްޖެތެރެއަށް ޔެލޯ އެލާޓް ނެރެފިއެވެ.

ދިވެހިރާއްޖޭގެ މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިރޭ 19:00 އިން ފެށިގެން 12:30 އާ ދެމެދު ބ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ދޭތެރެއަށް ބޯކޮށް ވާރެވެހުމާއެކު ގުގުރާނެކަމަށެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވާނެކަމަށްވެސް އެއިދާރާއިންވަނީ ލަފާކޮށްފައެވެ.

މިދުވަސްވަރަކީ ހުޅަނގު މޫސުމުގެ ވިއްސާރައިގެ އަސަރު ރާއްޖޭ ހުރިހާ ޞަރަޙަށްދަކަށްވެސް ކުރަމުން އަންނަ ދުވަސްވަރެކެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި މޫސުން ގޯސްވުމުގެ ސަބަބުން ނުރައްކާތެރި ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގާފައިވާއިރު، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފްވަނީ އިލްތިމާސްކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް