ލޯންޗެއް ހުއްޓި 20 މީހުން ހާލުގައި ޖެހިއްޖެއެވެ.
މިހާދިސާއާއި ގުޅިގެން ފުލުހުން ވިދާޅުވީ، ލޯންޗެއްގައި ދަތުރު ގޮސް އުޅުނު ބަޔަކު ކޮއްދިއްޕަރު ކައިރިން ހާލުގައިޖެހިފައިވާކަމަށާއި، މިކަމުގެ މަޢުލޫމާތު އެފަރާތަށް ލިބިފައިވަނީ މިއަދު 17:12 ހާއިރުކަމަށެވެ.
އަދި އެސަރަޙައްދުގައި މެރިން ފުލުހުން ޙަރަކާތްތެރިވަމުންދާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.
ފުލުހުން އިތުރަށް ވިދާޅުވީ ހާލުގައި ޖެހުނު މީހުން މެރިން ފުލުހުންގެ ލޯންޗުގައި މިހާރު މާލެ ގެނެސްފައިވާކަމަށެވެ.

"މީގެ ތެރޭގައި 3 ފިރިހެނުން. 7 އަންހެނުން، 10 ކުޑަކުދިން ހިމެނޭ. އަދި އޭގެތެރެއިން 4 ކުދިންނަކީ 3 އަހަރުގެ ދަށުގެ ކުޑަކުދިން" ފުލުހުން ވިދާޅުވިއެވެ.
މިއަދަކީ މޫސުން ގޯސްވެ ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ހިނގަމުންދާ ދުވަހެކެވެ. ކަމާބެހޭ ފަރާތްތަކުންދަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދީގެން ދަތުރުކުރުމަށް އިލްތިމާޒް ކުރަމުންނެވެ.