އައްޑޫ ސިޓީ ހިތަދޫ ފިހާރައަކުން ވަގަށް ނަގައިފައިވާ ގިނަ އަދަދެއްގެ އެނާޖީ ޑްރިންކް ރެޑްބުލް އާއި ޗޮކުލެޓުތަކެއް ފުލުހުން ހޯދައި އޭގެ ވެރިފަރާތާއި ހަވާލުކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ، ރޭ ދަންވަރުގެ ވަގުތެއްގައި އައްޑޫ ސިޓީ ހިތަދޫ ފިހާރައަކުން ވަގަށް ނަގައިފައިވާ ތަކެތި ހޯދައި ވެރިފަރާތާއި ހަވާލުކޮށްފައި ވާކަމަށެވެ.
ވަގަށް ނަގައިފައިވާ ތަކެތީގެ މައުލޫމާތު ފުލުހުން ނުދިންނަމަވެސް ފުލުހުން އާންމުކޮށްފައިވާ ފޮޓޯއިން ފެންނަނީ، ގިނަ އަދަދެއްގެ ރެޑްބުލް ތަކަކާއި އަދި ޗޮކުލެޓު ތަކެކެވެ.
މިތަކެތި އަޅައިފައި ހުރީ ކަރުދާސް ފޮށިގަނޑަކަށާއި އަދި ކަޅު ކޮތަޅަކަށެވެ.
ވައްކަމުގެ މިމައްސަލައިގައި އަދި މިވީހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ވާކަމެއް ނުވަތަ ނުވާކަމެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.