އިއްޔެ ހަވީރު ކެނޯއެއްގައި ވިލިމާލެ ނެރުމައްޗަށް ނިކުމެ އުޅެނިކޮށް ގެއްލުނު ދެމީހުން ފަތާފައި ހުޅުމާލެއަށް އަރައިފިއެވެ.
ފުލުހުން ވިދާޅުވީ، 2019 އޮގަސްޓް 11 ވަނަ ދުވަހު 17:00 ހާއިރު ވިލިމާލެއިން ކެނޯއެއްގައި ނެރުމައްޗަށް ނިކުމެގެން އުޅެނިކޮށް ގަދަވަޔާއެކު، ކޮޅިގަނޑެއްގައި ޖެހި އޮޔާދަމުންގޮސް ހުޅުމާލެ ޓްރެކާއި ދިމާލަށް ކެނޯ އައުމުން ދެމީހުންވެސް ފަތާފައި ހުޅުމާލެއަށް އަރާފައިވާ ކަމަށެވެ.
ދެމީހުން ހުޅުމާލެއަށް އަރާފައިވަނީ މިރޭ މެންދަމުން އަލިވެ 03:10 ހާއިރު ކަމަށާއި، ދެމީހުންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ވިދާޅުވިއެވެ.
Just found, alhamdhulihllah.
— VALHO SHIFAU (@valhoshifau) August 11, 2019
Thanks for everyone's efforts and dua pic.twitter.com/aaa3GikKVL
ފުލުހުން ވިދާޅުވީ، މި ދެމީހުން ޑޮކްޓަރަށް ދެއްކުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.