މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ދެ މީހުން ގަމުން ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލ. ގަން ޕޮލިސް ސްޓޭޝާއި އިންޓެލިޖެންސް ގުޅިގެން ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ލ. ގަމުން ހައްޔަރުކޮށްފިއެވެ.

މި ދެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނަކާއި 37 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި ދެ މީހުންގެ ތެރެއިން 21 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، އޮގަސްޓް 11 ވަނަ ދުވަހުގެ 11:15 އެހާކަންހާއިރު ހިންގި އޮޕަރޭޝަންގައެވެ. އެރަށު ކެފޭއެއްގެ ތެރެއިން އެމީހާ ހައްޔަރުކޮށް ބަލައިފާސްކުރިިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތް ރަބަރު ޕެކެޓު ފެނިފައިވެއެވެ.

37 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ގަމުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، އޮގަސްޓް 11 ވަނަ ދުވަހުގެ 09:56 އެހާކަންހާއިރު ހިންގި އޮޕަރޭޝަންގައެވެ. މިއޮޕަރޭޝަންގައި، އޭނާ ހައްޔަރުކޮށް އޭނާ ދިރިއުޅޭގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ނުވަ ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ލ. ގަން މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަަށް 15 ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.

މިމައްސަލަ ލ. ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް