މިއަހަރު ރާއްޖެއިން ޙައްޖުގެ މާތް އަޅުކަން އަދާކުރުމަށް ދިޔަ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.
ފޭސްބުކް ޕޯސްޓެއްގައި މީހަކު ބުނެފައިވަނީ، ނޔާވެފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު ހައްޖަށްދިޔަ ފ. ދަރަނބޫދޫ،. މުސްތަރީގެ، ސީމާ މޫސާ ނަމަކަށް ކިޔާ އަންހެނެއް ކަމަށެވެ.
މިކަމާއި ގުޅިގެން ދަރަނބޫދޫގެ ކައުންސިލަށް ގުޅުމުން އެކައުންސިލްގެ ރައީސް ޢަލީ މުޙައްމަދުވަނީ މިނޫހަށް އެކަން ކަށަވަރު ކޮށްދީފައެވެ.
ޢަލީ މުޙައްމަދު އިތުރަށް ވިދާޅުވީ ނިޔާވެފައިވަނީ އެރަށު މުސްތަރީގެ، ސީމާ މޫސާކަމަށާއި، އަދި އޭނާ ޙައްޖަށްގޮސްފައިވަނީ އޭނާގެ ފިރިމީހާ ފ.މަގޫދޫ އަލީ ޒާހިރުއާއެކުކަމަށެވެ.
އަދި މިކަމުގެ މަޢުލޫމާތު ލިބިފައިވަނީ އަޞުރު ނަމާދުގެ ކުރިއަށް ފަނަރަވަރަކަށް މިނަޓް ހުއްޓާ އެއީ ގާތްގަނޑަކަށް ގަޑިން 3:15 ހާއިރުކަމަށްވެސް ޢަލީ މުޙައްމަދުވަނީ ވިދާޅުވެފައެވެ.
އަދި ސީމާ މޫސާ ނިޔާވީ ފިޓް ޖެހިގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ކައުންސިލްގެ ރައީސްވަނީ ވިދާޅުވެފައެވެ.