ރަސްދޫއަށް ވަރަށް ބޮޑަށް އުދަ އަރަނީ

އއ.ރަސްދޫއަށް ވަރަށް ބޮޑަށް އުދަ އަރަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ އއ.ރަސްދޫއަށް މިހާރު ވަރަށް ބޮޑަށް އުދަ އަރަމުން ދާކަމަށެވެ.

ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި، ގޭގެއަށް ފެން ނުވަންނާނޭހެން ވެލި ބަސްތާ ޖަހުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ. އުދަ އަރާފައިވާ ސަރަހައްދުން ފެން ހިންދުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.

އެރަށަށް އުދަ އެރުމާއި ގުޅިގެން ފުލުހުން ވަނީ ރައްޔިތުން ރައްކާތެރިވުމަށް އެދުމާއިއެކު ރަސްދޫ ޕޮލިސްއަށް އަށް ގުޅޭނެ ނަންބަރު 9791394 އާންމު ކޮށްފައެވެ.

އއ. އަތޮޅު ތަޢުލީމީ މަރުކަޒު ހުންނަ ސަރަހައްދުގައިވެސް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އެލާ ނެރެ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެން ވާ ކަމެއް ކަމުގައި މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް، ކަނޑުގަދަ، ދުވަސް ވަރަކަށް ވެފައި، އަދި މޫސުމާއި ބެހޭ އިދާރާއިން ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކުރާތީ ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފް އިންވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް