މަންޓާ އެއާގެ ރަސްމީ ވީޑިއޯ ލަވަ އާންމުކޮށްފި

މަންޓާ އެއާގެ ރަސްމީ ލަވަ ވީޑިއޯއާއިއެކު އެކުންފުނިން އާންމުކޮށްފިއެވެ.

މި ވީޑިއޯ ލަވަ ކިޔާފައިވަނީ މަންޓާ އެއާ ކުންފުނީގެ ދެ ބްރޭންޑް އެމްބެސެޑަރުން ކަމަށްވާ އަލީ އައުސަން (ކޮއްކި) އާއި މަރިޔަމް މައިޝާ (މައި) އެވެ. މި ލަވަ ނެރެފައިވަނީ އަޟްޙާ އީދުގެ މުނާސަބަތުގައި އީދުގެ ދުވަހުއެވެ. އެ އެއާރލައިނުން ވަނީ އީދު ފާހަގަ ކުރުމުގެ ގޮތުން އެ އެއާލައިނުން ދަތުރު ކުރި ފަސިންޖަރުންނަށް އީދު ހަދިޔާވެސް ބަހާފައެވެ.

މި ލަވައިގެ ވީޑިއޯ ނަގާފައިވަނީ ދ. ކުޑަހުވަދޫ އެއާޕޯޓްގައެވެ. މި ލަވައިގައި އެ އެއާލައިންގެ ބައެއް ކްރޫއިން ވެސް ފެނިގެންދާއިރު، މަންޓާ އިން އުދުހޭ މަންޒިލްތައްވެސް ވަނީ ފެނިގެންގޮސްފައެވެ.

މި ލަވައިގެ މިއުޒިކް އެންޑް ސޯންގް ޕްރޮޑަކްޝަން އަކީ އަޙްމަދު ފައިޒާންއެވެ. މި ލަވަ ވަނީ މަންޓާ އެއަރ ގެ ފޭސްބުކް ޕޭޖްގައި އާންމުކޮށްފައެވެ.

އެތެރޭގެ އުދުހުންތަކަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ އަޒުމުގައި ފެށި މަންޓާ އެއާއިން އުދުހުންތަކުގައި ބޭނުން ކުރަނީ އޭޓީއާރު 72-600 މަރުކާގެ ތިން ބޯޓެވެ.

މަންޓާ އެއަރގެ ދަތުރުތައް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުއެވެ. މި އެއަރލައިންގެ އުދުހުންތައް މިވަގުތު ބާއްވަމުން އަންނަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދ.ކުޑަހުވަދޫ އަދި ބ.ދަރަވަންދޫ އެއަރޕޯޓަށެވެ.

މަންޓާ އެއަރގެ ސީޕްލޭން ދަތުރުތައްވެސް މި މަސްތެރޭގައި ފެށުމުގެ މަސައްކަތްކުރަމުން އަންނަކަމަށް އެ އެއަރލައިނުން ވަނީ ބުނެފިއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ