ބަރަހަނާ ހާލުގައި އޮއްވާ ނޯރާގެ ހަށިގަނޑު ފެނިއްޖެ

ޗުއްޓީ ހޭދަކޮށްލުމަށް މެލޭޝިޔާއަށް ގޮސް އުޅެނިކޮށް ގެއްލުނު އުމުރުން 15 އަހަރުގެ ނޯރާ ގުއޮރިންގެ މަރުވެފައި އޮތް ހަށިގަނޑު ފެނިއްޖެ އެވެ.

މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ ނޯރާ ފެނިފައިވަނީ، މިއަދުގެ ވަގުތެއްގައެވެ. ނޯރާގެ ހަށިގަނޑު ފެނިފައިވަނީ އާއިލާއާއެކު ޗުއްޓީ ހޭދަކުރުމުން ދިޔަ ރިސޯޓަށްވުރެ ދެކިލޯ މީޓަރު ދުރުންނެވެ. ހަށިގަނޑު ފެނުނު އިރު ނޯރާ އޮތީ ބަރަހަނާ ހާލުގައެވެ.

ނޯރާ އަކީ ހާއްސަ އެހީއަށް ބޭނުންވާ އިނގިރޭސިވިލާތުގެ ކުއްޖެކެވެ. އާއިލާއިން ތުހުމަތުކުރާ ގޮތުގައި ބަޔަކު މީހުން ނޯރާވަނީ ވަގަށް ނަގައި މަރައިލައިފައެވެ.

މެލޭޝިޔާއަށް ދެހަފްތާގެ ޗުއްޓީއަކަށް ނޯރާ އާއި އޭނަގެ އާއިލާއިން އައިސްފައިވަނީ މިމަހުގެ ތިންވަނަ ދުވަހު އެވެ. ނޯރާ ގެއްލިފައި ވާކަން އާއިލާގެ އެހެން މެންބަރުންނަށް އިނގިފައިވަނީ އޮގަސްޓް ހަތަރުވަނަ ދުވަހުގެ ހެނދުނުގެ ވަގުތުގައެވެ.

މިލިޔުން ކިޔާލުމުން
7
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ