މިރޭގެ ދަންވަރުގެ ވަގުތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބައެއް ހިދުމަތްތައް ހޯދުމުގައި ދަތިތަކާ ކުރިމަތިވެދާނެ ކަމަށް އެބޭންކުން ބުނެފިއެވެ.
ބީއެމްއެލް އިން ދެންމެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެ ބޭންކުގެ އިންޓަރނެޓް ބޭންކިންގެ ހިދުމަތާއި، މޯބައިލް ޕޭ އާއި، ޕޭމަންޓް ގޭޓްވޭ، އަދި ޔޫއެސް ޑޮލަރ ބުކިން ޕޯޓަލްގެ ބޭނުން ހިފުމުގައި މިރޭ ދަންވަރު 1:30 ން މިރޭ ފަތިހު 4:30 ހާ ދޭތެރޭ ދަތިތަކާއި ދިމާވުން އެކަށީގެންވާ ކަމަށެވެ.
ސަބަބެއް ކަމަށް ބޭންކުން ބުނެފައިވަނީ މިވަގުތުތަކުގެ ތެރޭގައި މެއިންޓެނެންސް މަސައްކަތެއް ކުރުމަށް ހަމަޖެހިފައި ވާތީ ކަމަށެވެ. އަދި މިކަމަގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ބޭންކުން މާފަށް އެދެއެވެ.
Please be informed that customers may face interruptions to Internet Banking, MobilePay, Payment Gateway and USD Booking Portal from 1:30 - 4:30 am tonight due to a planned maintenance. We apologise for any inconvenience caused.
— Bank of Maldives (@bankofmaldives) August 13, 2019
ބީއެމްއެލް އިން ދޭތެރެ ދޭތެރެއިން މެއިންޓެނެންސް މަސައްކަތްތަކަށް ބޭންކުގެ ބައެއް ހިދުމަތްތައް މެދުކަނޑާލައެވެ.