ބ. ދަރަވަންދޫ އަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ފުލުހުން މިއަދު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ވައިގެމަގުން ބ. ދަރަވަންދޫއަށް މަސްތުވާ ތަކެތި އެތެރެކުރަން އުޅުނު 27 އަހަރުގެ ފިރެހެނަކު މިއަދު ހައްޔަރުކޮށްފައި ވާކަމަށެވެ.
މިމީހާ ހައްޔަރުކޮށްފައިވަނީ ދަރަވަންދޫ އެއަރޕޯޓުންނެވެ. އަދި މިމީހާ ބަލައި ފާސްކުރިއިރު މަސްތުވާ ތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި ބުލެޓް ސައިޒުގެ ރަބަރު ޕެކެޓަކާއި ފިލްމު ހުސްކުރި ދަޅެއް ފެނިފައި ވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.