ސައުދީގެ ވެރިރަށް ރިޔާޟަށް ވެލީގެ ތޫފާނެއް އަރައިފި

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް ވެލީގެ ތޫފާނެއް އަރައިފިއެވެ.

މި ވެލީގެ ތޫފާނުގެ ސަބަބުން ރިޔާޟުގެ މަލަމަތިވަނީ އެކީއެކަށްވަނީ ފުސްކޮށްލައިފައެވެ. އަދި މިސިޓީގެ މަގުތައްވަނީ ވަރަށް ބޮޑަށް އަންދިރި ވެފައެވެ.

ރިޔާޟުގެ ޓުރެފިކް ޑިޕާޓްމެންޓުން ވަނީ އެއްގަމު ދަތުރުފަތުރު ކުރާ ވެހިކަލްތައް މިކަންތައްތަކަށް ހާއްސަ ސަމާލުކަމެއް ދީގެން މަގުތަކުގައި ދަތުރު ކުރުމަށް އިލްތިމާޒް ކޮށްފައެވެ.

ރިޔާޟުގެ ސިވިލް ޑިފެންސުން އެސިޓީގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ވަނީ ބޭނުމެއް ނެއްގޮތުގައި ބޭރަށް ނިކުމެ ނޫޅުމަށް އިލްތިމާޒް ކޮށްފައެވެ.

މި ވެލީގެ ތޫފާނުގައި ވައިގެ ބާރުމިން އުޅޭކަމަށް ރިކޯޑް ކުރެވިފައިވަނީ ގަޑިއަކު 30 ކިލޯ މީޓަރުގެ ބާރުމިނުގައި ކަމަށް ސައުދީ އަރަބިއްޔާގެ މޫސުމާބެހޭ އިދާރާއިން މައުލޫމާތު ދެއެވެ.

ވެލީގެ ތޫފާނުގެ ސަބަބުން މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. އަދި މި ތޫފާނުގެ އަސަރު މައްކާ އަދި މަދީނާއަށް ކޮއްފައެއް ނުވެއެވެ. މިދުވަސްވަރަކީ އެތައް މިލިއަން މުސްލިމުން ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ޖަމާވެފައިވާ ދުވަސްވަރެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ