ރައީސް ޞޯލިޙް - ފޮޓޯ: ރައީސް އޮފީސް

އީދު ޗުއްޓީއަށް ރައީސްގެ ދެކަނބަލުން ސްރީލަންކާއަށް!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، އަވަށްޓެރި ސްރީލަންކާއަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ނުރަސްމީ ދަތުރުފުޅެއްގައި، ސްރީލަންކާއަށް ކުރައްވާ މިއަދު ފުރާވަޑައިގެންފައިވާ ކަމަށެވެ.

ރައީސްގެ ދެކަނބަލުންގެ ދަތުރުފުޅަކީ، ހަތަރު ދުވަހުގެ ނުރަސްމީ ދަތުރުފުޅެއްކަން ފިޔަވައި އިތުރު ތަފްސީލެއް ރައީސް އޮފީހުން ނުދެއްވައެވެ.

ބެލެވޭ ގޮތުގައި ރައީސްގެ ދެކަނބަލުންގެ ދަތުރުފުޅަކީ އީދު ޗުއްޓީ ދަތުރުފުޅެވެ.

ރައީސްގެ އީދު ދަތުރުފުޅު ލަސްކުރެއްވީ، ރޭ ރާއްޖެ އާއި ލަންކާގެ ގައުމީ ވޮލީޓީމް ކުޅުނު ރަހުމަތްތެރި ކަމުގެ މެޗް ބައްލަވާލައްވާފައި ފުރާވަޑައިގަތުމަށް ކަމަށްބުނެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ދާދި ފަހުން ޓްވީޓެއް ކުރައްވާފައިވެއެވެ.

އަޟްހާ ޢީދުގެ މުނާސަބަތުގައި ޤައުމުގެ ބައެއް ވެރިން ދަނީ އެކި ކަންކޮޅުތަކަށް ދަތުރުކޮށް ޢީދު މަޖަލުގައި ބައިވެރިވެވަޑައިގަންނަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް