ޑިއުޓީ ފްރީގައި ދިވެހި އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ހުޅުވާލައިފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިއުޓީ ފްރީގައި ދިވެހި އުފެއްދުންތައް ވިއްކަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފި އެވެ.

މިގޮތުން ދިވެހި އުފެއްދުންތައް ވިއްކަން ނިންމާފައި ވަނީ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން އެއާޕޯޓުގައި ހުޅުވަން ނިންމާފައިވާ ސުވެނިއާ ޑިއުޓީ ފްރީ ފިހާރައިގައެވެ.

ބީސީސީ އިން ކުރި އިއުލާނުގައި ބުނެފައިވަނީ، ބީސީސީ އިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ހުޅުވަން ހަމަޖެހިފައިވާ ސުވެނިއަރ ޑިއުޓީ ފްރީ ފިހާރައިގައި ތަކެތި ވިއްކަން ބެހެއްޓުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާ ކަމަށެވެ. އަދި މިއީ ދިވެހި އަތްތެރިމަސައްކަތް ކުރައްވާ ދިވެހިންނަށް އަމާޒުކޮށްގެން ސަރުކާރުގެ ކުދި އަދި މެދު ފަންތީގެ ސިޔާސަތުގެ ދަށުން އެފަދަ ވިޔަފާރިތައް ކުރިއެރުވުމުގެ މަގްސަދުގައި އަދި އެފަދަ ފަރާތްތަކަށް ތަކެތި ވިއްކަން ފަހި މާހައުލެއް ގާއިމު ކުރުމުގެ ގޮތުން ބީސީސީ އިން ކުރަން ނިންމާފައިވާ ކަމެއް ކަމަށެވެ.

ދިވެހި އުފެއްދުންތައް ވިއްކަން ބޭނުންވާ ފަރާތްތަކުން އަންނަ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ 15:00 ގެ ކުރިން އެކަމަށް އެދި ޕްރޮޕޯސަލްއާއި އެހެނިހެން ލިޔެކިއުންތައް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

މިގޮތުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލްއާއި އެހެނިހެން ލިޔެކިއުންތައް ހުށަހެޅަން ޖެހެނީ ސަކީނާ މަންޒިލް 3 ވަނަ ފަންގިފިލާގައި ހުންނަ ބީސީސީގެ އޮފީހަށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް