ރާއްޖެ އިސްތިހާރު ކުރުމަށްޓަކައި އެމެރިކާގެ ނޫސްވެރިންގެ ޓީމެއް ގެނެސްފި

ރާއްޖޭގެ ޓުއަރިޒަމް އިސްތިހާރު ކުރުމުގެ ގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މިހާރު ކުރިއަށް ގެންދާ ސިލްސިލާ "ފޭމް ޓްރިޕް" ތަކުގެ ތެރެއިން އެމެރިކާގެ ނޫސްވެރިންގެ ޓީމެއް ރާއްޖެ ގެނެސްފިއެވެ.

ނޫސްވެރިންގެ މި ޓީމުގައި ހިމެނެނީ، ނިއުޔޯކް ޓައިމްސް އާއި ނޭޝަނަލް ޖިއޮގްރޮފިކް ޓްރެވަލް އަދި ޔޫއެސްއޭ ޓުޑޭގެ އިތުރުން ޓްރެވަލް އަދި ލެޝާ އާއި ޓްރިޕް ސެވީގެ ނޫސްވެރިންނެވެ. އިއްޔެ އައި މި ނޫސްވެރިންގެ ޓީމް އާދިއްތަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ތިބޭނެއެވެ.

މި ޓީމުން ރާއްޖޭގެ އެކިއެކި ރިސޯޓްތަކަށް ޒިޔާރަތްކޮށް ފަތުރުވެރިކަމުގެ ތަފާތު ތަޖުރިބާތައް ކުރުމަށް ހަމަޖެހިފައި ވެއެވެ. އަދި މި ތަޖުރިބާތަކުގެ މައްޗަށް ބިނާކޮށް ނޫސްތަކުގައި ވީޑިއޯ އަދި ލިޔުންތައް ޝާއިއު ކުރުމަށް ހަމަޖެހިފައި ވެއެވެ.

އެމްއެމްޕީއާރުސީ އިން މިހާރު ކުރިއަށް ގެންދާ ސިލްސިލާ "ފޭމް ޓްރިޕް" ތަކުގެ ތެރެއިން މިހާތަނަށްވަނީ ހަތް ގައުމެއްގެ ނޫސްވެރިން ގެނެސްފައެވެ. މިގައުމުތަކުގެ ތެރޭގައި ހިމެނެނީ އިންޑިއާ، ޖަރުމަނު، އޮސްޓްރިއާ، ސުވިޒަލެންޑް، އިނގިރޭސި ވިލާތް، ސައުތު ކޮރެއާ އަދި ޗައިނާ އެވެ. 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް