ހދ. ކުރިނބީ ސްކޫލުގައި ފަސް ކްލާސްރޫމް އަދި ސްޓާފްރޫމެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން އިއުލާން ކޮށްފިއެވެ.
މިނިސްޓްރީ އޮފް ފިނޭންސް އިން ކުރި އިއުލާނުގައި ބުނެފައިވަނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެދިލެއްވުމުގެ މަތިން ކުރިނބީ ސްކޫލުގައި ފަސް ކްލާސްރޫމް އަދި ސްޓާފްރޫމެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި، ވީމާ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.
މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި 19 އޮގަސްޓް 2019 އިން ފެށިގެން މިނިސްޓްރީ އޮފް ފިނޭންސްގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށްވެސް އެމިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައި ވެއެވެ.
މިޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 65,000.00 ރުފިޔާ ހުށަހަޅަން ޖެހެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.