އައްޑޫ ސިޓީ ފޭދޫ ޕޯސްޓް އޮފީސް ފަޅާލައި އެތަނުން ވައްކަން ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މިއަދު ހެދުނު 09:00 ހާއިރު އައްޑޫ ސިޓީ ފޭދޫ ޕޯސްޓް އޮފީސް ފަޅާލައި އެތަނުން ވައްކަން ކުރިކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ.
"މިހާތަނަށް ބެލިބެލުމުން އައްޑޫ ސިޓީ ފޭދޫ ޕޯސްޓް އޮފީސް ފަޅާލައި އެތަނުން 2 ސީޕީޔޫއާއި ޕްރިންޓަރެއްގެ އިތުރުން ސްކޭނަރެއް ވަގަށްނަގާފައިވޭ." ފުލުހުން ވިދާޅުވިއެވެ.
އަދި މިމައްސަލަ ތަޙުޤީގުކަރަމުންދާކަމަށް ފުލުހުން ވިދާޅުވެފައިވާއިރު، މިމައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކުރިކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ.