މެލޭޝިޔާއަށް ޗުއްޓީ ހޭދަކޮށްލުމަށް ގޮސްގެން އުޅެނިކޮށް ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނުނު އިންގިރޭސިވިލާތުގެ ނޯރާ ގުއޮރިން ވަގަށް ނަގައި މަރައިލައިފައި ވާކަމަށް ނުބެލެވޭ ކަމަށް މެލޭޝިޔާގެ ފުލުހުން ބުނެފިއެވެ.
އުމުރުން 15 އަހަރުގެ ހާއްސަ އެހީއަށް ބޭނުންވާ ނޯރާގެ ހަށިގަނޑު ފެނުނީ އޭނާ ގެއްލިގެން ހޯދާތާ 10 ދުވަސް ފަހުން، މިދިޔަ އަންގާރަ ދުވަހު އެވެ.
ހަށިގަނޑުގެ ޕޯސްޓް މޯޓަމް ހެދުމަށްފަހު މެލޭޝިޔާ ފުލުހުން ބުނެފައިވަނީ، ނޯރާ މަރުވެފައިވަނީ، އިންޓާނަލް ބިލީޑިންގެ ސަބަބުން ކަމަށާއި މިގޮތަށް މެދުވެރިވާން ދިމާވީ ބަންޑުހައި ވުމުގެ ސަބަބުންނާއި އަދި ސްޓްރެސްގެ ސަބަބުން ކަމަށެވެ.
އަދި ފުލުހުން ބުނެފައިވަނީ ނޯރާ މަރުވެފައިވަނީ ނޯރާ ފެނުމުގެ ދެއެއް ނުވަތަ ތިންދުވަސް ފަހުން ކަމަށެވެ. ނޯރާގެ ހަށިގަނޑު ފެނިފައިވަނީ ނޯރާގެ އާއިލާ ޗުއްޓީ ހޭދަކުރަމުން ދިއަ ރިސޯޓަށްވުރެ ދެކިލޯ މީޓަރު ދުރުންނެވެ.
ނޯރާ އާއި އަދި އޭނާގެ އާއިލާއިން މެލޭޝިޔާއަށް ޗުއްޓީ ހޭދަކުރުމަށް އައިސްފައިވަނީ މިމަހުގެ ތިންވަނަ ދުވަހުއެވެ. އަދި ނޯރާ ގެއްލިފައިވަނީ ހަތަރުވަނަ ދުވަހު އެވެ.