ޖަލުގައި ބަންދުކޮށްފައި ހުންނަ ގޮޅީގެ ތެރެއަށް ހޭނެތިގެން ވެއްޓުމުން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެމަޖެންސީގައި މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.
އަދީބު މިރޭ އައިޖީއެމްއެޗް އަށް ގެނެސް ފަރުވާދެމުންދާކަން ކަށަވަރު ކުރެވުނު ނަމަވެސް އޭނާގެ ހާލަތާއި ބެހޭ އެއްވެސް މައުލޫމާތެއް އަދި ނުލިބެއެވެ.
އަދީބު މިހާރު ހައްޔަރުކޮށްފައި ހުރީ، ޅ.މާބިންހުރާގެ މައްސަލައިގައި އަދީބުގެ މައްޗަށް ކުށްސާބިތުނުވާ ކަމަށް ހައިކޯޓުން ކުރި ހުކުމް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލަ ބަލައި ނިމެންދެން އަދީބު ބަންދުގައި ބަހައްޓަން މިމަހުގެ 08 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި އަމުރާއި ގުޅިގެންނެވެ.
ޝަރީޢަތް ނިމެންދެން އަދީބު ހައްޔަރުކޮށްފައި ވާއިރު އަދީބުގެ ޝަރީޢަތުގެ އަޑުއެހުމެއް ބާއްވާން އަދި ތާވަލް ކޮށްފައެއް ނުވެއެވެ.