އެމްއެމްޕީއާރްސީ އިން އެސްއޯފްގެ އެކައުންޓަށް ޗެކްތައް ޖަމާކޮށްދީފައި ވަނީ ގަވާއިދާ އެއްގޮތަށް ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފި އެވެ.
އޭ.ސީ.ސީ އިން އެމް.އެމް.ޕީ.އާރު.ސީ ގެ ޚިޔާނާތުގެ ބޮޑު ރިޕޯޓެއް ނެރުމާއިއެކު އެރިޕޯޓްގައި ކަމާގުޅުން ހުރި މުއައްސަސާތަކުގެ އިހުމާލު ބޮޑުކަމަށްބުނެ އެތައްޔަކު ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، އެންމެ ގިނަބައެއްގެ އިނގިލި ދިއްކުރެވުނޭ ދިވެހިރާއްޖޭގެ ޤައުމީ ބެންކު ބޭންކް އޮފް މޯލްޑިވްސްއަށެވެ.
ފާޑުކިޔުންތަކަށް ރައްދުދެއްވައި ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ އެމްއެމްޕީއާރްސީ ގެ ނަމުގައި އެކި ފަރާތްތަކުން ދޫކޮށްފައިވާ ޗެކްތައް އެސްއޯފްގެ އެކައުންޓަށް ޖަމާކޮށްފައިވަނީ އެ ޗެކްތައް އެންޑޯސްކޮށްގެން ކަމަށެވެ.
އަދި އެސްއޯއެފް އިން ބޮޑެތި ފައިސާގެ މުއާމަލާތް ހިންގާފައިވާކަން ފާހަގަ ކުރެވިގެން އެސްއޯއެފްގެ އެކައުންޓް ބަލައި މޮނީޓާ ކޮށްފަ ވާނެކަމަށެވެ. އެގޮތުން އެސްއޯއެފް އެކައުންޓް ކޮންމެ ދުވަހަކު އަދި ކޮންމެ ހަފުތާއަކާއި ކޮންމެ މަހަކު ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން 2014 ވަނަ އަހަރުގެ އޮކްޓޫންބަރު މަހުން ފެށިގެން މޮނިޓާ ކުރަމުން ދިޔަ ކަމަށެވެ.
އަދި އެތާރީޚުން ފެށިގެން ބޭންކުން ދިޔައީ މި މުއާމަލާތުގެ ރިޕޯޓް ހަފުތާއެކު އެއްފަހު ފައިނޭޝިއަލް އިންޓެލިޖެންސް ޔުނިޓަށް ހުށައަޅަމުން ކަމަށެވެ.
އަދި މިމައްސަލައަށްބޭނުންވާ އެންމެ ފުރިހަމަ އެއްބާރުލުން ބޭންކް އޮފް މޯލްޑިވްސްއިން އެފަރާތްތަކަށް ދޭނެކަމުގައި ވަނީ ވިދާޅުވެފައެވެ.