ށ.އަތޮޅުގެ ފަޅުރަށެއްގައި މަސްތުވެގެން އުޅުނު ދެމީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، އެދެމީހުން ހައްޔަރުކޮށްފައިވަނީ ށ.ފަރުކޮޅުގައި ބަޔަކު ބަނގުރާ ބޭނުންކޮށްގެން މަސްތުވެގެން އުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން 2019 އޮގަސްޓް 16 ވަނަ ދުވަހުގެ ރޭ 00:15 ހާއިރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މި މައްސަލަައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ، އުމުރުން 36 އަހަރުގެ އަދި 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލަ ފުލުހުން އިތުރަށް ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.
ށ.އަތޮޅުގެ ފަޅުރަށަކުން މަސްތުގެ ހާލަތުގައި ހުރި ދެމީހަކު ދަންވަރުގެ ވަގުތުގައި ފުލުހުން ހައްޔަރުކުރިއިރު، މީގެ ކުރިންވެސް ބައެއް ސިޔާސީ ފަރާތްތަކުން މިގޮތަށް ފަޅުރަށްތަކުން ހައްޔަރުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.