އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ދިވެހި ދަރިވަރުން ކިޔަވަމުން އަންނަ މެޑިކަލް އިންސްޓްޓިއުޓެއްގައި މިއަދު ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ދިވެހި ދަރިވަރަކަށް ގެއްލުމެއް ނުވާކަމަށް ދިއްލީގައި ހުންނަ ރާއްޖޭގެ އެމްބަސީން ބުނެފިއެވެ.
އެމްބަސީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޯލް އިންޑިއާ އިންސްޓްޓިއުޓް އޮފް މެޑިކަލް ސައިސަންސް (އޭއައިއައިއެމްއެސް)ގެ ޓީޗިން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ޙާލަތު ކައިރިން ބަލަމުންއަންނަކަމަށާއި، އަދި އެއިންސްޓިޓިއުގައި ކިޔަވަމުންދާ އެއްވެސް ދަރިވަރަކަށް މިހާދިސާއާއި ގުޅިގެން ގެއްލުމެއް ނުވާކަމަށާއި ހުރިހާ ދަރިވަރުންވެސް ތިބީ ގަދަވެ ސަލާމަތުން ކަމަށެވެ.
We are monitoring the situation with regard to the fire that broke out at the teaching block of AIIMS, New Delhi.
— High Commission of the Republic of Maldives, India (@MDVinINDIA) August 17, 2019
So far no casualties and the Maldivian students presently studying MBBS at AIIMS are safe.
Please forward concerns to the Embassy +919910032757
Ministry +9607983400
އޭއައިއައިއެމްއެސްގެ ޕީސީ ބްލޮކް އިމާރާތުގެ ފުރަތަމަ ފަންގިފިލައިން ފެށިގެން ހަތަރުވަނަ ފަންގިފިލަޔާ ހަމައަށް އަލިފާން ރޯވެފައިވީނަމަވެސް މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމަށް ރިޕޯޓްކޮށްފައެއް ނުވެއެވެ.
އަލިފާން ރޯވި ބްލޮކަކީ ކިޔަވައިދިނުމަށް ބޭނުންކުރާ ތަނެކެވެ. އަދި އަލިފާނުގެ މިހާދިސާއާ ގުޅިގެން މެޑިކަލް އިންސްޓްޓިއުޓްގެ ހޮސްޕިޓަލްގެ އިމަޖެންސީ ބައިގައި ތިބި ބަލިމީހުން މިހާރުވަނީ އެހެން ތަންތަނަށް ބަދަލުކޮށްފައިކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.