175 މީހުންނާއެކު ތ.އަތޮޅުން މާލެއަށް ދަތުރުކުރި ލޯންޗެއް އިންޖީނު ހުއްޓިއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، އިންޖީނު ހުއްޓިފައިވަނީ ތ.އަތޮޅުން މާލެއަށް ދަތުރުކުރި "އޯޝަން-20" ނަމަކަށް ކިޔާ ފެރީ ލޯންޗެއް ކަމަށެވެ.
ގިނަ އަދަދެއްގެ މީހުންނާއެކު ދަތުރުކުރަނިކޮށް މި ލޯންޗު އިންޖީނު ހުއްޓިފައިވަނީ، ވ.ދިއްގަލުވަށި ފަޅުގެ ހުޅަނގުން 1 ނޯޓިކަލް މޭލު ބޭރުން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު ހަވީރު 05:44 ހާއިރު ކަމަށާއި، ލޯންޗަށް އެހީތެރިކަން ފޯރުކޮށްދިނިމަށްޓަކައި އެމްއެންޑީއެފް އިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ލޯންޗަށް އެހީތެރިވުމަށްޓަކައި އެމްއެންޑީއެފްގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް (ޢެފްއައިސީ) ވެލާނާ ލޯންޗު އަދި ކޯސްޓްގާޑް ސީއެމްބިއުލަންސްވެސް ހަރަކާތްތެރިވަމުން އަންނަކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ލޯންޗުގެ އިންޖީނު ހުއްޓިފައިވަނީ ތެޔޮ ހުސްވެގެން ކަމަށާއި، ލޯންޗަށް ތެޔޮ ހިފައިގެން އެހެން ދޯންޏެއް ދަތުރުކުރަމުން އަންނަ ކަމަށެވެ.
އަދާހަމަ: އެމްއެންޑީއެފް އިން ވިދާޅުވީ، ލޯންޗުގައި ތިބި މީހުން ކޯސްޓްގާޑް ސީއެމްބިއުލަންސް އަށް ނަގަމުންދާ ކަމަށެވެ.
ހިޔާލު
Engine in theyo husvikan neygey
ކޮމެންޓް ކުރުން ބަންދު