އެމްއެންޑީއެފް ސީއެމްބިއުލާންސަށް މީހުން ނަގަނީ - ފޮޓޯ: އެމްއެންޑީއެފް

"އޯޝަން-20"ގައި ތިބި އަންހެނުންނާއި ކުޑަކުދިން އަދި ދުވަސްވީ މީހުން މާލެ ގެންނަނީ

ތ.އަތޮޅުން ފުރައިގެން މާލެއަށް ދަތުރުކުރަމުންދަނިކޮށް ކަނޑުމައްޗަށް އިންޖީނު ހުއްޓުނު "އޯޝަން-20" ލޯންޗުގައި ތިބި އަންހެނުންނާއި ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުން މާލެ ގެނައުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފަށައިފިއެވެ.

175 މީހުންނާއެކު ތ.އަތޮޅުން މާލެއަށް ދަތުރުކުރަމުންދަނިކޮށް "އޯޝަން-20" ލޯންޗު މިއަދު ހަވީރު 05:44 ހާއިރު އިންޖީނު ހުއްޓިފައިވަނީ، ވ.ދިއްގަލުވަށި ފަޅުގެ ހުޅަނގުން 1 ނޯޓިކަލް މޭލު ބޭރުންނެވެ.

އެމްއެންޑީއެފް ސީއެމްބިއުލާންސަށް މީހުން ނަގަނީ - ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފް އިން ވިދާޅުވީ، "އޯޝަން-20" ލޯންޗުގައި ތިބި އަންހެނުންނާއި ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުން މާލެ ގެނައުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑަށް ނަގާފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ލޯންޗުގެ އިންޖީނު ހުއްޓިފައިވަނީ ތެޔޮ ހުސްވެގެން ކަމަށާއި، ލޯންޗަށް ތެޔޮ ހިފައިގެން އެހެން ދޯންޏެއް ދަތުރުކުރަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފް ސީއެމްބިއުލާންސަށް މީހުން ނަގަނީ - ފޮޓޯ: އެމްއެންޑީއެފް

އަންހެނުންނާއި، ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުންނާއެކު އެމްއެންޑީއެފް ސީއެމްބިއުލާންސަށް މާލެ އާދެވޭނީ މިރޭ 11:00 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. ސީއެމްބިއުލާންސް ކައިރިކުރުމަށް ހަމަޖެހިފައިވަނީ 4 ނަންބަރު ފާލަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Lili

    I thought it’s a name of a sea ?‍♀️

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ