ވަގަށް ނަގައިފައިވާ ސައިކަލެއްގައި ދިޔަ ޒުވާނަކު ހުއްޓުވައި އެ ސައިކަލު އޭގެ ވެރިފަރާތާއި ފުލުހުން ހަވާލުކޮށްފިއެވެ.
ފުލުހުންބުނީ، ވަގަށް ނަގައިފައިވާ ކަމަށް ތުހުމަތު ކުރެވޭ ސައިކަލެއް ދުއްވަނިކޮށް 22 އަހަރުގެ ދިވެހި ފިރެހެނަކު މިރޭ 18:28 ހާއިރު ބުރުޒު މަގުން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވާކަމަށެވެ.
މިސައިކަލް މިހާރުވަނީ އޭގެ ވެރިފަރާތާއި ހަވާލުކޮށްފައި ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
ސައިކަލު ވަގަށް ނެގުމުގެ ހާދިސާތަކަކީ މާލޭގައި މިފަހަކަށް އައިސް ގިނަ އަދަދަކަށް ހިނގަމުން އަންނަ ހާދިސާ ތަކެކެވެ.
ފުލުހުން އަންނަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.