މާލޭ މަގުމަތީގައި ހެލްމެޓް އަޅައިގެން ސަލާންޖަހަން އުޅުނު 21 އަހަރުގެ އަންހެނަކު ފުލުހުން މިއަދު ހައްޔަރު ކޮށްފި އެވެ.
ފުލުހުން މިމީހާ ހައްޔަރުކޮށްފައިވަނީ މިއަދު ހަވީރު މަޖީދީމަގު ބޭންކް އޮފް މޯލްޑިވްސް ހިސާބުންނެވެ. ފުލުހުން މި އަންހެން މީހާ ހައްޔަރުކުރަން އުޅޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއްވެސް މިހާރުވަނީ މީސް މީޑިއާގައި އާންމުވެފައެވެ.
މިވީޑިއޯއިން ފެންނަ ގޮތުގައި ފުލުހަކު މި އަންހެން މީހާގެ އަތުގައި ހިފަހައްޓައިގެން ހުންނަ މަންޒަރު ފެނެއެވެ. އަދި ފުލުހުންގެ ކާރަށް އަރަން މި އަންހެން މީހާ ދެކޮޅުހަދާ މަންޒަރުވެސް ފެނެއެވެ.
Helmeteh alhaigen salaan jahan ulhunu anhen kujjaa. pic.twitter.com/hLGgRyaeyD
— Ali Wisam (@wii_saam) August 17, 2019
މަސްތުވާތަކެތި ބޭނުންކުރާ ބައެއް ފަރާތްތަކުން ފައިސާ ހޯދުމަށްޓަކައި މިފަދަ ގޮތްގޮތަށް މަސައްކަތްކުރާ ކަމުގެ ތުހުމަތުގައި ދޭތެރެ ދޭތެރެއިން އެކިފަރާތްތަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެއެވެ.